ގަވާއިދާހިލާފަށް އަމީނީމަގުގައި ޕާކުކުރި 15 އުޅަނދެއް ޓޯކޮށްފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ގަވާއިދާހިލާފަށް އަމީނީ މަގުމުގައި ޕާކުރި 15 އުޅަނދެއް ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާހިލާފަށް ޕާކުރަމުންދާ ވެހިކަލް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

”އަމީނީ މަގުން 15 އުޅަނދެއް ރޭގައި ވަނީ ޓޯ ކުރެވިފައި“ ފުލުހުން ބުންޏެވެ.

އަމިނީ މަގުގެ ދެފަރާތުގައި ހަތަރުފުރޮޅުލީ އުޅަނދުތައް ޕާކު ކުރުމުގެ ސަބަބުން، އެ މަގު ބޭނުން ކުރުމުގައި ދަތިތަކެއް ދިމާވާ ކަމުގެ ޝަކުވާ އަބަދުވެސް އާންމުން ކުރެއެވެ.

އެ ޝަކުވާތަކާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިންވެސް އަމީނީ މަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް އެކަމުންވެސް ގަވާއިދާހިލާފަށް އަމީނީ މަގުގައި ޕާކުކުރާ މައްސަލައައް ހައްލެ ހޯދިފައިނުވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު