ފޮޓޯ: ރައީސް އޮފީސް

އުމްރާގެ އަޅުކަމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

އ
11 އޭޕްރީލް 2026 20:181 މިނިޓުގެ ކިޔުން
Aa

އުމްރާގެ އަޅުކަމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވުން

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އުމްރާގެ އަޅުކަމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މިއަދުގެ ވަގުތެއްގައި މާލެ ވަޑައިގެންފައިވާ ކަމަށެވެ.

އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން އުމްރާއަށް ވަޑައިގެންނެވީ މިމަހުގެ ހަވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު