ފޮޓޯ: ރޮއިޓާސް

ޕާކިސްތާނުގައި ތެލަށްކުރާ ހަރަދު ކުޑަކުރަން ކޮންމެ ދުވަހަކު ދެ ގަޑިއިރަށް ކަރަންޓު ކަނޑަނީ

މ
16 އޭޕްރީލް 2026 12:381 މިނިޓުގެ ކިޔުން
Aa

ޕާކިސްތާނަށް 2023 ވަނަ އަހަރު ކުރިމަތިވި ކަރަންޓު ކާރިސާގައި ކަރަންޓު ކެނޑުމާއި ގުޅިގެން އެ ގައުމުގެ ފިހާރައެއްގެ ބޭރުގައި މީހަކު މަޑުކޮށްލައިގެން

އީރާނު ހަނގުރާމައިގެ ސަބަބުން ތެލަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި، ކޮންމެ ދުވަހަކުވެސް ދެ ގަޑިއިރަށް ކަރަންޓު ކެނޑުމަށް ޕާކިސްތާން ސަރުކާރުން ނިންމައިފިއެވެ.

ޕާކިސްތާނުގެ އެނާޖީ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކޮންމެ ދުވަހެއްގެ ހަވީރު 5:00 އާއި ދަންވަރު 1:00 އާ ދެމެދު، ގައުމުގެ ބޮޑު ބަޔަކުން ދެ ގަޑިއިރާއި 15 މިނެޓަށް ކަރަންޓު ކަނޑާލާނެ ކަމަށެވެ. މި ވަގުތުތަކަކީ ޕާކިސްތާނުގައި ކަރަންޓު އެންމެ ގިނައިން ބޭނުންކުރާ ވަގުތެވެ.

އެނާޖީ މިނިސްޓްރީން ބުނީ, މި ނިންމުމާއެކު ކަރަންޓު ކަނޑާނީ މުޅި ގައުމުން ނޫން ކަމަށާއި ވަކި ތަރުތީބަކުން ބަހާލައިގެން ކަމަށެވެ. އަދި 20 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭ ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމަށްވާ ކަރާޗީ މި ނިންމުމުން އިސްތިސްނާވާނެ ކަމަށް އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި ޔަހޫދީ އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފަ އެވެ. އެއާ ގުޅިގެން ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު