ފޮޓޯ: ޕޮލިސް

ވިލިނގިލީގެ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

އ
9 އޭޕްރީލް 2026 21:351 މިނިޓުގެ ކިޔުން
Aa

ގއ. ވިލިނގިލީ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި މީހުން

”އޮޕަރޭޝަން އަލިމަގު“ގެ ދަށުން ގއ. ވިލިނގިލީގެ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ހަތަރު މީހުންގެ މައްސަލަ ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށް ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ އޮޕަރޭޝަންގެ ދަށުން މިދިޔަ ޖެނުއަރީ 11 ގައި މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު، ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ، ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާހް ލަތީފް (28އ)، މިޔުޒިކީއާގެ / ގއ. ވިލިނގިލި، އަހުމަދު މަދީހު (33އ)، އައިޒަން / ގއ. ވިލިނގިލި، އަހުމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޒާމް (35އ) ގެ މައްޗަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު