ގެއެއްގެ ދިހަވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް ފަރުވާދެނީ

އ
9 އޭޕްރީލް 2026 20:461 މިނިޓުގެ ކިޔުން
Aa

ގެއެއްގެ ދިހަވަނަ ފަންގިފިލާއިން އެހެން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު މީހަކަށް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 6:20 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ވެއްޓިފައިވަނީ އެ އިމާރާތުގެ ފަސްވަނަ ފަންްގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު