ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގަނެފި

އ
6 އޭޕްރީލް 2026 14:201 މިނިޓުގެ ކިޔުން
Aa

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ދެ ކިލޯއަށްވުރެ ގިނަ ހަޝިޝް އޮއިލް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ތަކެތި އަތުލައިގަތީ މި މަހުގެ 1 ވަނަ ދުވަހު ކަމަށެވެ. އެ ތަކެތީގެ މަގުމަތީގެ އަގު 1.7 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެސް ބުންޏެވެ.

މި މައްސަލައިގައި އެ ތަކެތި އެތެރެކުރަން އުޅުނީ ކޮން ގައުމެއް މީހެއް ކަމެއް އަދި އެ ތަކެތި އެތެރެކުރަން އުޅުނީ ކިހިނެތް ކަމެއް ކަސްޓަމްސް އިން ނުބުނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު