ހައުސިން ކޮމިޓީއަށް އެހީވާން ސަރުކާރު ކައުންސިލަރުން ހިމެނޭ އިތުރު ކޮމިޓީއެއް

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ “ބިންވެރިޔާ އަދި “ގެދޮރުވެރިޔާ” ސްކީމާ ގުޅޭ މައްސަލަތައް ބެލުމަށް އުފެއްދި “ހައުސިން ކޮމިޓީ” އަށް އެހީވާން މާލޭ ސިޓީ ކައުންސިލްގެ ސަރުކާރު ހިމެނޭ ”ކައުންސިލް ކޮމިޓީ“ އެއް އުފައްދައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކައުންސިލް ކޮމިޓީއަކީ ހައުސިން ކޮމިޓީގެ މުހިންމު ނިންމުންތައް ނިންމުމުގައި ސިޓީ ކައުންސިލުގެ ބައިވެރިވުން ހިމެނުމަށް ބޭނުންވާތީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަޝްވަރާގެ މަތިން އުފެއްދި ފަސް މެމްބަރުން ހިމެނޭ ކޮމިޓީއެއް ކަމަށެވެ.

ކައުންސިލް ކޮމިޓީގައި ހިމެނޭ ކައުންސިލަރުން:
މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒް
އާއިޝަތު ނިޒްލީ ރަޝީދު
އަހުމަދު އައިފާން
ހަސަން ނިޒާމް
މުހައްމަދު އަރީޝް

ކައުންސިލަރުންގެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަންނަ އާދިއްތަ ދުވަހު ބާއްވާނެ ކަމަށާއި ކައުންސިލް ކޮމިޓީގެ ސެކެޓްރިއޭޓް ބަލަހައްޓާނީ ހައުސިން މިނިސްޓްރީގެ ފަރާތުން ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު