ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލިފާނުގެ ހާދިސާއެއް

އ
3 އޭޕްރީލް 2026 01:111 މިނިޓުގެ ކިޔުން
Aa

ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ރޯވެއްޖެއެވެ.

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މިރޭ ހިނގި އެ ހާދިސާގައި އެ ސްކޫލުގައި ވަނީ ވަރަށް ބޮޑަށް އަލިފާންގަނޑު ފެތުރިފައެވެ.

”ހަފްތާ“އަށް އެނގިފައިވާ ގޮތުގައި އެ އަލިފާން ހިނގާފައިވަނީ އެ ސްކޫލުގައި ހުންނަ އޭސީއެއްގައި ރޯވެގެންނެވެ.

އެ އަލިފާންގަނޑު މިހާތަނަށް ކޮންޓްރޯލުކުރުމުގެ މަސައްކަތުގައި ފުލުހުންގެ އިތުރުން ވިލިނގިލީގެ ގިނަ ރައްޔިތުންތަކެއް ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެ މަސައްކަތުން މިހާރު ވަނީ ވަރަށް ބޮޑަށް އަލިފާންގަނޑު ކޮންޓްރޯލުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު