އައްޑޫއަށް ދެ ކިލޯގެ ޑުރަގް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި

މ
19 މާރިޗު 2026 23:001 މިނިޓުގެ ކިޔުން
Aa

އައްޑޫ ސިޓީއަށް ވައިގެ މަގުން ދެ ކިލޯގެ ޑުރަގް އެތެރެކުރި އިންޑިއާ މީހާ

އައްޑޫ ސިޓީއަށް ވައިގެ މަގުން ދެ ކިލޯގެ ޑުރަގް އެތެރެކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި މިދިޔަ އާދީއްތަ ދުވަހު ފުލުހުން ހައްޔަރުކޮށްފައިވަނީ ސަލްދިން ވަލިމޮހްމަދް ރުއްފިން (58އ) އެވެ.

ފުލުހުން މިއަދު ބުނީ، ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ހައްޔަރުކުރީ މޯލްޑިވްސް ކަސްޓަމްސް އިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނި ނަމަވެސް، ދެ ކިލޯގެ ޑުރަގް އެތެރެކުރަން އުޅެފައިވަނީ ކިހިނެތް ކަމެއް ނޭނގެ އެވެ. އަދި ހައްޔަރުކުރި މީހާއަކީ ރާއްޖޭގައި ކޮން މަސައްކަތެއް ކުރާ މީހެއް ކަމެއް އަދި އޭނާގެ ބަންދުގެ މުއްދަތު ޖެހި ކަމެއް ޖެހީ ކިތައް ދުވަސް ކަމެއްވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

އައްޑޫއަށް ދެ ކިލޯގެ ޑުރަގް އެތެރެކުރި މީހަކު ހައްޔަރުކުރި އިރު، މިފަދަ ބޮޑެތި ޑުރަގް އެތެރެކުރާ މީހުން ހައްޔަރުކޮށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގަ އެވެ. މި މައްސަލައިގައި އެފަދަ އޮޕަރޭޝަނެއް ހިންގި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު