ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް

އ
15 މާރިޗު 2026 17:171 މިނިޓުގެ ކިޔުން
Aa

ހއ. ހޯރަފުށީގައި ބުޅަލަކަށް އަނިޔާކޮށް މަރާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:06 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ތިން މީހަކާ ސުވާލުކޮށް ތަހުގީގަށް ބޭނުންވާ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު