ކަނޑުމަގުން ވަގަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓު އަތުލައިގެންފި

މ
7 މާރިޗު 2026 14:04އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 99،000 ސިނގިރޭޓް ސްޓިކްސް އަތުލައިގަތީ، މި މަހުގެ ފަސްވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުން ކަމަށެވެ.

ރައީސް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، މިދިޔަ ދޮޅުމަސް ތެރޭގައި ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ މިލިއަނެއްހާ ސިނގިރޭޓް ސްޓިކްސް ކަސްޓަމްސް އިން އަތުލައިގެންފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު