ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްގެ މައްސަލަތައް ބެލުމަށް ކޮމިޓީއެއް އުފައްދައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ”ބިންވެރިޔާ އަދި ”ގެދޮރުވެރިޔާ“ ސްކީމާ ގުޅޭ މައްސަލަތައް ބެލުމަށް ”ހައުސިން ކޮމިޓީ“އެއް އުފައްދައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި އެ ކޮމިޓީއަކީ، އެ ދެ ސްކީމާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައް ކުރިއަށް ގެންދިއުމަށާއި، ހުށަހަޅާ މައްސަލަތަކާ ގުޅޭގޮތުން ނިންމުންތައް ނިންމުމަށް އުފެއްދި ކޮމިޓީއެއް ކަމަށެވެ.

އެ ކޮމިޓީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ، އިރުޝާދުގެ ދަށުން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު އުފެއްދި ކޮމިޓީއެއް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން ކޮމިޓީގެ މެންބަރުން:

  • ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު، މ. ލޮނުވެލި

  • އާމިނަތު އީނާސް، ހ. ހަބަރުގެ

  • އަހުމަދު އަލި މަނިކު، ގ. ވިޔަވަތި

  • އަބްދުލްއަޒީޒް ޔޫސުފް، މ. ދޫނިހުރާ

  • މަރިޔަމް ފިޒާނާ ރަޝީދު، މ. ޒޭވަރު

ކޮމިޓީގެ ޗެއާއަކީ އަނިސާ ކަމަށާއި އަނިސާގެ ބެލުމުގެ ދަށުން ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. ކޮމިޓީގެ ޗެއާއަކަށް އަނިސާ ހަމަޖެއްސެވީ އެ ބައްދަލުވުމުގައި ކަމަށެވެ. ކޮމިޓީގެ ސެކެޓްރިއޭޓް ބަލަހައްޓާނީ ހައުސިން މިނިސްޓްރީގެ ފަރާތުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ހައުސިން މައްސަަތަކާ ގުޅިގެން މީހުން ހުށަހަޅާ ޝަކުވާތައް ބެލުމަށް އާންމުންގެ އިތުބާރު އޮތް މީހުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފައްދަވާނެ ކަމަށް ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު