ފޮޓޯ: ނިހާމް

އުނގޫފާރަށް އުނގުލު، ވަށަފަރަށް ކަނޑާލިފިނޮޅު

އ
5 މާރިޗު 2026 21:581 މިނިޓުގެ ކިޔުން
Aa

ރ. އުނގުލު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއެއްގޮތަށް ރ. އަތޮޅުގެ ”އުނގުލު“ އެ އަތޮޅު ”އުނގޫފާރު“ ގެ ބައެއް ކަމުގައި އަދި ހއ. އަތޮޅުގެ ”ކަނޑާލިފިނޮޅު“ އެ އަތޮޅު ”ވަށަފަރު“ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ކަނޑައެޅުއްވީ ގާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ގަރާރު އެކަށައެޅުމާއެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަށް އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 2/2025 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) ގެ ޖަދުވަލުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވައިފައެވެ.

އެ ރަށްތަކުގެ ތެރެއިން ހއ. ކަނޑާލިފިނޮޅަކީ ހަލާލު ޓޫރިޒަމް ތަރައްގީކުރުމަށް މިދިޔަ އަހަރުގެ ޖޫން މަހު ބިޑަށް ހުޅުވާލި ރަށެކެވެ. އަދި ރ. އުނގުލު، އުނގޫފާރުގެ އިހުތިސާސްގެ ތެރޭގައި ހިމަނުއްވައިދެއްވާނެ ކަމަށް 2024 ވަނަ އަހަރު ރައީސް ވަނީ ވިދާޅުވެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު