މޮރިޝަސްގެ ނިންމުން ތާކުންތާކު ނުޖެހޭ، ގުޅުން ކަނޑާލިޔަސް ހައްގުނޫން ތަނެއް ނުލިބޭނެ: ރައީސް

މ
2 މާރިޗު 2026 12:01އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މޮރިޝަސް އިން ރާއްޖެ އާއެކު އޮތް ހާރިޖީ ގުޅުން ކަނޑާލަން ނިންމުމަކީ ތާކުންތާކު ނުޖެހޭ ނިންމުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއެކު އޮތް ގުޅުން ކަނޑާލަން މޮރިޝަސް އިން ނިންމީ 27 ފެބުރުއަރީ 2026 ގައި އެ ގައުމުގެ ރައީސް ދަރަމްބީރު ގޮކޫލް ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގަ އެވެ.

އެ ނިންމުން ނިންމި ސަބަބެއް ކަމަށް މޮރިޝަސް އިން ބުނީ، ޗާގޯސްގެ ސިޔާދަތީ ބާރު އެ ގައުމަށް އޮތް ކަމަށް ރާއްޖެއިން ގަބޫލު ނުކުރާތީ އާއި މޮރިޝަސްއާ ޗާގޯސް ހަވާލުކުރަން އިނގިރޭސި ވިލާތުން ވެފައިވާ އެއްބަސްވުމަށް ރާއްޖެއިން ދެކޮޅު ހަދާތީ އެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ، މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލަން ނިންމި ކަމުގައި ވީނަމަވެސް، ހަގީގަތް ބަދަލު ނުވާނެ ކަމަށެވެ. އަދި ޗާގޯސް އަކީ މޮރިޝަސްއާ ހައްގުވާ ތަނެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

”މޮރިޝަސް އިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ, ވަރަށް އެމެޗުއާ, ނައީވް ނިންމުމެއް. އެ ނިންމުން އެގޮތަށް ނިންމުމަކުން ހަގީގަތް ބަދަލެއް ނުވޭ. ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަކަށް ހައްގު ނޫން ތަނެއް މޮރިޝަސްއަކަށް ހައްގެއް ނުވާނެ. އެއްވެސް ގައުމަކަށް ޗާގޯސް ހަވާލުކުރާކަމަށްވާނަމަ ހަވާލުކުރަންޖެހޭނީ އެތަނުގެ ހައްގުވެރި ފަރާތް, ދިވެހިރާއްޖެއާ. އެ ފެކްޓް ބަދަލެއް ނުވާނެ ގައުމަކުން މި ގައުމާ ގުޅުން ކަނޑާލުމަކުން,“ ރައީސް ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު