އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ ދުވަހުގެ ރޭ

މ
26 ފެބްރުއަރީ 2026 11:521 މިނިޓުގެ ކިޔުން
Aa

ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުންގެ ދަސްވެނިވުމުގެ ހަފުލާ އަންނަ އާދީއްތަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.

މި ހަފުލާ ބާއްވަން ނިންމާފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. މި ހަފުލާގައި ކީރިތި ގުރުއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު 50 ހާފިޒުންނަށް ލިބިވަޑައިގަންނަވާނެ އެވެ.

ކީރިތި ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވާފައިވަނީ 26 މާރިޗު 2025 ގައެވެ.

އެ އަހަރު 28 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގެންނެވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު