ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

އ
28 ޖަނަވަރީ 2026 23:001 މިނިޓުގެ ކިޔުން
Aa

ކ. ތިލަފުށީގެ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސީ މީހާ ހޯދަމުންދަނިކޮށް، އޭނާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ ބިދޭސިއަކު މިދިޔަ ހޯމަ ދުވަހުން ފެށިގެން މައްސަލައެއް ފުލުހަށް ހުށަހަޅާފައިވަނީ މިއަދުއެވެ. އެއާއެކު ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންނެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ތިލަފުށީ ވޯކް ސައިޓެއްގައި މީހަކު މަރާލައި ވަޅުލާފައި އޮއްވައި ވަނީ ފެނިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު