ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކަޑައިން ހެދުނު 400 އަހަރުވީ ކާނިގަހުގައި ރޯކޮށްލައިފި

A
10 ޖޫން 2024 19:451 މިނިޓުގެ ކިޔުން
Aa

ހއ. ބާރަށުގައި ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނިކަޑައިން ބޮޑުވެފައި ހުރި ޒަމާންވީ ބިޔަ ކާނިގަހުގައި ބަޔަކު ރޯކޮށްލައިފި އެވެ.

ރާއްޖޭގެ ތާރީހު ދިރާސާ ކުރައްވާ މުހައްމަދު ނާޖިހު ވިދާޅުވި ގޮތުގައި ބާރަށު އީދުކުޅޭ މަގުގައި ހެދި ބޮޑިވެފައި ހުރި ޒަމާންވީ އެ ގަހަކީ 400 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ގަހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގަހުގައި ބަޔަކު ރޯކޮށްލީ ރޭގެ ވަގުތެއްގަ އެވެ. އެކަން ބާރަށު ކައުންސިލުގެ މެންބަރެއްވެސް މި ނޫހަށް ކަށަވަރުކޮށްދެ އެވެ.

ބާރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އެ ގަހުގައި ބަޔަކު ރޯކޮށްލީ ސިޔާސީ ހިޔާލުތަފާތުވުމެއްގެ ތެރެއިންނެވެ. ނަަމަވެސް އެއްވެސް އިދާރާއަކުން އެ މައުލޫމާތު ކަށަވަރުކޮށެއް ނުދެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު