ތިލަފުށީގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަނީ

އ
28 ޖަނަވަރީ 2026 16:321 މިނިޓުގެ ކިޔުން
Aa

ކ. ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ތިލަފުށީ ސައިޓެއްގައި މަސައްކަތްކުރާ މީހަކު މިދިޔަ ހޯމަ ދުވަހު ގެއްލިފައިވާ ކަމަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު މައުލޫމާތެއް އަދި އެމީހާގެ ވަނަވަރެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ތިލަފުށީ ވޯކް ސައިޓެއްގައި މީހަކު މަރާލައި ވަޅުލާފައި އޮއްވައި ވަނީ ފެނިފައެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު