ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފުލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އެ ސިޔާސަތުގެ ދަށުން ހިންގާ ”އާއިލީ ބޯހިޔާވެހިކަން“ ޕްރޮގްރާމް ތަންފީޒުކުރުމުގެ ގޮތުން، 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މާލެ ސަރަހައްދުން ފުލެޓު ދޫކުރާ އުސޫލުގެ ދަށުން މިއަދުން ފެށިގެން އަންނަ އޭޕްރީލް 17 ވަނަ ދުވަހުގެ 23:59 ނިޔަލަށް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ ކަމަށެވެ.
ބިން ދޫކުރުމުގެ އުސޫލުގެ ދަށުން މިއަދުން ފެށިގެން އަންނަ މާޗް މަހުގެ 4 ގެ 23:59 ގެ ނިޔަލަށް ގޯއްޗަށް ހުށަހެޅޭނެ ކަމަށާއި ގޯއްޗާއި ފުލެޓަށް https://boahiyaavahikan.housing.gov.mv/ މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.
އެ ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 7900 ފުލެޓާއި 15،000 ގޯއްޗެވެ. އޭގެ ތެރެއިން 15،000 ގޯއްޗަކީ ރަސްމާލެއިން ދޫކުރާ ގޯތިތަކެވެ.
ފުލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން ފުލެޓުތައް ވަނީ ވަކިވަކި ކެޓަގަރީތަކަކަށް ބަހާލައިފައެވެ. އެގޮތުން މާލޭ ރަށްވެހިންނަށް 4000 ފުލެޓު އަދި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް 1500 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. އޭގެ އިތުރުން؛
18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން – 100 ފުލެޓު
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް – 100 ފުލެޓު
އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް – 250 ފުލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 50 ފުލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން – 200 ފުލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން – 100 ފުލެޓު
މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް – 100 ފުލެޓު
މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް – 50 ފުލެޓު
ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް – 300 ފުލެޓު
ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭކަމަށް ކަނޑައަޅާ ފަރާތްތައް – 50 ފުލެޓު
އޭގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް ވަކި އަދަދުތަކަކަށް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ފުލުހުން
ސިފައިން
ސިވިލް ސާވިސް މުވައްޒަފުން
އެޓާނީ ޖެނެރަލްގެ އޮފީސް
ފޮރިން ސާވިސް
ޖުޑިޝަލް ސާވިސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ސިވިލް ސާވިސް ކޮމިޝަން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
އެންޓި ކޮރަޕްޝަން ކޮމިޝަން
އޮޑިޓާ ޖެނަރަލް އޮފީސް
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު
ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓަސް އޮފީސް
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ލޯކަލް ގަވަމަންޓް އޮތޯރިޓީ
ޓެކްސް އެޕީލް ޓްރައިބިއުނަލް










ކޮމެންޓް