ރިސޯޓެއްގެ ޑަސްބިނުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފި

އ
17 ޖަނަވަރީ 2026 23:311 މިނިޓުގެ ކިޔުން
Aa

ސިނަމަން ވެލިފުށި ރިސޯޓުގެ ޑަސްބިނަކުން ފެނުނު ކުއްޖާގެ ޖަނާޒާ ބާއްވައިފިއެވެ.

ސިނަމަން ވެލިފުށި ރިސޯޓުގައި ބައިގެންދިޔަ ކުއްޖަކު މަރުވެފައި އޮއްވައި، އެ ރިސޯޓުގެ އެކޮމެޑޭޝަން ބްލޮކުގެ ޑަސްބިނަކުން ފެނުނީ މިދިޔަ މަހުގެ 26 ގައެވެ.

އެ މައްސަލައިގައި ފުލުހުން އޭރު ބުނެފައިވަނީ ވ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ، ކުއްޖާ ބައިގެންދިޔަ މައްސަލައެއް އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ކުއްޖާގެ ޖަނާޒާ ބާއްވާފައިވަނީ މިރޭ 10:00 ގަައި އާސަހަރާ މިސްކިތުގައެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ މިހާރު ހުރީ ގޭބަންދަށް ދޫކޮށްފައެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު