އުކުޅަހުން ޓޫރިސްޓަކު ގެއްލިގެން ހޯދަނީ، ފޯނާއި ހުރިހާ ސާމާނެއް ކޮޓަރީގައި އެބަހުރި

މ
17 ޑިސެމްބަރު 2025 16:07އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އއ. އުކުޅަހުން ޓޫރިސްޓަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އުކުޅަހު ކައުންސިލުން ބުނީ އެ ރަށުގެ ގެސްޓް ހައުސްއެއް ކަމަށްވާ ލަ ޕަލްމާ ސްޓޫސްގައި ހުރި ރަޝިއާގެ ފިރިހެނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ. އެ ރަށަށް އެކަނި ގޮސް އުޅުނު އެ މީހާއަކީ މިއަދު ހެނދުނު އެ ރަށުން ފުރާ ގޮތަށް ހަމަޖެހިފައިވާ ޓޫރިސްޓެއް ކަމަށް ވިޔަސް އޭނާގެ ހަބަރެއް އަދި ނުވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން އިތުރަށް ބުނީ، އެ ރަށަށް ގޮސް އުޅުނު އެ މީހާ އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރު ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި އެހެނިހެން ހުރިހާ ސާމާނެއް ވެސް ގެސްޓް ހައުސްގައި އޭނާ ހުރި ކޮޓަރީގައި އެބަހުރި ކަމަށްވެސް ބުންޏެވެ.

ކައުންސިލުން ބުނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަ ޕާމަ ސޫޓްސްގެ ނަންބަރު 9646363 އަށް ނުވަތަ އުކުޅަހު ޕޮލިސް ޓެސްކުގެ ނަންބަރު 9553510 އަށް ގުޅުމަށް އެދޭ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު