ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަންގެ ތެރެއިން ހަރަދުކުރީ އެންމެ 10 ޕަސެންޓް!

މ
17 ޑިސެމްބަރު 2025 13:031 މިނިޓުގެ ކިޔުން
Aa

މި އަހަރަށް ފާސްކުރި ބަޖެޓުގައި ބޯހިޔާވަހިކަމަށް ބަޖެޓު ކުރި އަދަދުގެ ތެރެއިން ހަރަދު ކުރެވުނީ އެންމެ 10 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ދައުލަތުގެ ބަޖެޓު ހަރަދުކުރަމުން އަންނަ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު އާންމުކޮށްފަ އެވެ. އެއީ މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ހަރަދުގެ ތަފުސީލު ހިމެނޭ ރިޕޯޓެވެ.

މާލީ ހިސާބުތައް ދައްކާ ގޮތުން ބޯހިޔާވަހިކަމަށް ބަޖެޓުގައި ޖެހި 1.8 ބިލިއަން ރުފިޔާގެ ތެރެއިން ހަރަދުކުރީ އެންމެ 186.4 މިލިއަން ރުފިޔާ އެވެ. އެއީ ބަޖެޓު ކުރި އަދަދުގެ އެންމެ 10 ޕަސެންޓެވެ.

މިދިޔަ އަހަރުގެ މިހާތަނަށް ބޯހިޔާވަހިކަމަށް 747.5 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު