އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ ރުފިޔާ

އ
15 ޑިސެމްބަރު 2025 22:252 މިނިޓުގެ ކިޔުން
Aa

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ ’އެސްޓީއޯ ރަމަޒާން ބާޒާރު‘ ޕްރޮމޯޝަން ފަށައިފިއެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް އެސްޓީއޯގެ ވިޔަފާރި ސެގްމެންޓްތަކުން ހާއްސަ ސޭލްތަކާއި ޕްރޮމޯޝަންތަކެއް ރާވައި ކުރިއަށް ގެންދެއެވެ.

އެގޮތުން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ ’އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ރަސްމީކޮށް މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވުނު ހާއްސަ ހަފްލާއަކުން ވަނީ ފަށައިފައެވެ. އެ ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެޗްޑީސީގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރެވެ.

އެސްޓީއޯ އިން ބުނީ މިއަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ 18 މާޗް 2026 ގެ ނިޔަލަށް ކަމަށާއި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިއަހަރުގެ ރަމަޒާން ބާޒާރުގައިވެސް ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބިގެންދާނެ ކަމަށެވެ.

އެގޮތުން، ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށާއި އޭގެ އިތުރުން، 500 ރުފިޔާއިން މަތިން ވިޔަފާރިކުރާ ކޮންމެ ކަސްޓަމަރަކަށް ޑިޖިޓަލް ކޫޕަނެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން ބުނީ ކޮންމެ ހަފްތާއަކުވެސް އެ ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން އެއް ފަރާތަކަށް ވަރަށް ހާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެ ކަމަށާއި ޕްރޮމޯޝަން ނިމުމާއެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ޕްރޮމޯޝަންގެގެ ގްރޭންޑް ޕްރައިޒް ކަމުގައިވާ 100،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެންދާނެ ކަމަށެވެ.

މިއަހަރުގެ ރަމަޒާން ބާޒާރު ޕްރޮމޯޝަން އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އަދި ރީޖަނަލްސްގެ 11 އައުޓްލެޓްގައި ކުރިއަށްދާނެއެވެ.

އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ އެ ޕްރޮމޯޝަނަކީ ރޯދަމަހަށް ހާއްސަކޮށްގެން އާންމުންގެ ގެތަކަށް ބޭނުންވާ ކޮލިޓީ ހިފައި ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ހޯދުމަށް ލިބޭ އަގުހުރި ފުރުސަތެކެވެ. އެ ޕްރޮމޯޝަނަށް ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު