ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް

އ
21 ޑިސެމްބަރު 2025 23:151 މިނިޓުގެ ކިޔުން
Aa

ބޯހިޔާވަހިކަމުގެ ސްކީމެއްގެ ދަށުން ހުޅުމާލޭ ފޭސް އެކަކުން ގޯތި ލިބުނު ފަރާތްތަކުން ދައްކަންޖެހޭ އަގުގެ ދިހަ ޕަސަންޓު ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ރެހެންދި ސްކޫލުގައި މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ސްކީމުތަކުން ހުޅުމާލޭ ފޭސް އެކެއްގެ ބިންތައް ދޫކޮށްފައިވަނީ ފައިސާ ދައްކައިގެން ބިންތައް މިލްކުވާގޮތަށް ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް އެއްވެސް ލުޔެއް ލިބިފައިނުވާ ކަމަށެވެ.

ގުރުއަތުލައިގެން ނުވަތަ ޕޮއިންޓް ސްކީމުން ގޯތި ލިބިފައިވާ ފަރާތްތަކަށް، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބިފައިވާ ފަރާތްތަކަށް އެގްރީމަންޓުގައި އޮންނަ އަގުގެ ޖުމުލަ އަގުގެ ދިހަ އިންސައްތައިގެ ޑިސްކައުންޓެއް ސަރުކާރުން ދޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭއްގެ ގޯތިތައް އިމާރާތްކުރެވޭ އުސްމިން ދިހަ ބުރިއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި ނަމަވެސް އެކަމުގައި ޝަރުތުތަކެއް ހިމެނޭނެ ކަމަށެވެ.

އެގޮތުން އެންމެ ތިރީގައި ޕާކިން ޖާގައެއް ހިމަނަން ޖެހޭނެ ކަމަށާއި އަދި ފުރަތަމަ ފަންގިފިލާ ހާއްސަކުރަން ޖެހޭނީ ދިރިއުޅުން ނޫން ކޮންމެވެސް އެހެން ބޭނުމަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު