ހަފްތާ ފޮޓޯ

އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު ބުނެގެން ކޮށްދިން ކަމެއް ކަމަށް

މ
14 ޑިސެމްބަރު 2025 14:491 މިނިޓުގެ ކިޔުން
Aa

ފުލުހުންގެ މައި އިދާރާ

އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހަކު، އެއީ މީހަކު ބުނެގެން އޭނާ ކޮށްދިން ކަމެއް ކަމަށް ކޯޓުގައި ބުނެފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރީ ށ. މިލަންދޫއަށް އުފަން 29 އަހަރުގެ މީހެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކޮށްފަ އެވެ.

ބަންދު މަޖިލީހުގައި އެ މީހާ ވަނީ ވަކީލެއްގެ ފުރުސަތު ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އަދި އޭނާ ވަގަށް ނެގި ކަމަށް ބުނާ އޭސީ އައުޓްޑޯ ޔުނިޓަކީ މީހަކު ބުނެގެން ބޭރަށް ނެރެދިން އެއްޗެއް ކަމަށްވެސް ބުންޏެވެ.

އޭނާގެ ބަންދުގެ މުއްދަތު ޖެހި އަމުރުގައި ބުނެފައިވާ ގޮތުން އޭނާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު/ ބަންދު ރެކޯޑް ގިނަ ފަރާތެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު