ތިނަދުއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ގޭގެއަށް ގެއްލުން ވެއްޖެ

މ
7 ޑިސެމްބަރު 2025 10:521 މިނިޓުގެ ކިޔުން
Aa

ގދ. ތިނަދުއަށް ރޭ ދަންވަރުން ފެށިގެން މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ރަށުގައި ފެންބޮޑުވެ، ގޭގެއަށާއި ސަރުކާރު ބައެއް އޮފީސްތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުން ވެއްޖެ އެވެ.

ތިނަދޫ ސިޓީ ކައުންސިލުން ބުނީ ފެން ބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލާއި އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ރެއިން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާގައި ފެން ވަނީ ސީދާ ކިތައް ގެއަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

ނަމަވެސް އެމްއެންޑީއެފް އިން ދެންމެ ބުނީ އެ ރަށުގެ މަގުތަކުން ފެން ހިންދަން ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު