64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ވަޅިން ހަމަލާދިން 32 އަހަރުގެ މީހާ 30 ދުވަހަށް ބަންދު

މ
10 ޑިސެމްބަރު 2025 13:431 މިނިޓުގެ ކިޔުން
Aa

އުމުރުން 64 އަހަރުގެ މީހަކަށް އިއްޔެ ވަޅިން ހަމަލާދިން 32 އަހަރުގެ އަންހެން މީހާގެ ބަންދަށް 30 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އިއްޔެ ހެނދުނު 10:05 ހާއިރެވެ.

ދެ ލޯބިވެރިންގެ ދެމެދުގައި ހިންގި އެ މާރާމާރީގައި 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާ ދިންއިރު އަންހެން މީހާއަށްވެސް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދިނެވެ. ނަމަވެސް މި ދެ މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު