ބޭހާ ގުޅޭ ކުންފުނީގެ ޗެއާމަނަކަށް ހަލީމް

އ
9 ޑިސެމްބަރު 2025 22:411 މިނިޓުގެ ކިޔުން
Aa

”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ގެ ޗެއާމަންގެ މަގާމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު އައްޔަންކުރައްވައިފިއެވެ.

”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ އަކީ ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގެނައުމަށް ސަރުކާރުން އުފެއްދި ކުންފުންޏެކެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހަލީމް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދެވެ.

”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު 9 ގައެވެ.

ސަރުކާރުން އެ ކުންފުނި އުފައްދާފައިވަނީ، އާސަންދައިން ބޭހަށް ކުރާ ހަރަދު އިންތިހާއަށް މައްޗަށް ގޮސްފައިވަނިކޮށެވެ. އެގޮތުން ޕްރައިވެޓް ބައެއް ބޭސްފިހާރަތަކުން އާސަންދައަށް ބޮޑެތި އަގުތަކެއްގައި ބިލުކުރާ ކަމުގެ މައްސަލަ ވެސް ބޮޑުވެގެންދިޔައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު