ޓެލެތޯނުން ލިބުނު އަށް ލައްކަ ޑޮލަރު ލަންކާ ސަރުކާރާ ހަވާލުކޮށްފި

އ
6 ޑިސެމްބަރު 2025 00:121 މިނިޓުގެ ކިޔުން
Aa

ތޫފާން ”ޑިޓްވާ“ އާ ގުޅިގެން ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމަށް އެހީވުމަށްޓަކައި ދިވެހި މީޑިއާތަކުން ކުރިއަށްގެންދިޔަ ޓެލެތޯނުން އެއްކުރި އަށް ލައްކަ ޑޮލަރު، ލަންކާ ސަރުކާރާ ހަވާލުކޮށްފިއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން ލަންކާ ސަރުކާރާ އެ ފައިސާ ހަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ.

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ އެ ޓެލެތޯނުން ވަނީ 834،843.98 ޑޮލަރު ހޯދައިފައެވެ.

އޭގެ އިތުރުން ދިވެހި ސަރުކާރުގެ ފަރާތުން ހަދިޔާކުރާ 1.2 މިލިއަން ޑޮލަރުގެ އަގު ހުރި 25،000 މަސްދަޅު ވެސް ލަންކާ ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ.

މީގެ ކުރިން ދިވެހި ސަރުކާރުން ހަދިޔާކުރާ 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ ވަނީ ހަވާލުކޮށްފައެވެ. އަދި ބައެއް ދިވެހި ވިޔަފާރިވެރިން ވެސް ވަނީ ލަންކާ ސަރުކާރާ ފައިސާ ހަވާލުކޮށްފައެވެ.

އެހެންކަމުން އެއް މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީއާއެކު ރާއްޖެ ހިމެނިފައިވަނީ ލަންކާއަށް އެންމެ ބޮޑު އަދަދަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން އެއް ގައުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު