އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް

މ
2 ޑިސެމްބަރު 2025 10:441 މިނިޓުގެ ކިޔުން
Aa

އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ސައުދީ އަރަބިއާގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.

ރާއްޖޭގައި ހުންނަ ސައުދީ އެންބަސީން ބުނީ އެ ވަފުދުގެ އިސްކޮށް ހުންނެވީ ސައުދީގެ އިންވެސްޓްމަންޓްސް އަދި އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދު ކަމަށެވެ. ވަފުދުގައި ސައުދީގެ ބައެއް އިސްވެރިންނާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ހިމެނޭ ކަމަށްވެސް ބުންޏެވެ.

ތިން ދުވަހުގެ މި ދަތުރުގައި އެ ވަފުދުން ދެ ގައުމު ދެމެދުގައި އިންވެސްޓްމަންޓުތައް ފުޅާކުރުމާ މެދު ދިވެހި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިންވެސްޓްމަންޓް ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ސައުދީގެ ވަފުދެއް ރާއްޖެ އައި އިރު، ރާއްޖެއާއި ސައުދީއާ ދެމެދު އިގުތިސާދީ ދާއިރާއިން ގުޅުން ހަރުދަނާކޮށް، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މިދިޔަ އަހަރުގެ ތެރޭގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު