ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް ބިމެއް ގަނެފި, ދޮޅު އަހަރުތެރޭ ގަތް 3 ވަނަ ބިން!

މ
29 ނޮވެމްބަރު 2025 13:461 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 21 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި އެވެ.

އެޗްޑީސީން ގަނެފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން 5,700 އަކަފޫޓުގެ ބިމެކެވެ. އެ ބިން ގަތުމަށް ޖުމުލަ 21,510,876.80 ރުފިޔާ ވަނީ ދައްކައިފަ އެވެ.

ސިވިލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ބިމުގެ މިލްކުވެރިކަން އެޗްޑީސީއަށް ލިބިގެންވާ ކަމަށް ހުކުމްކޮށްފަ އެވެ.

މިއީ ކޮން ކަމަކަށް ގަތް ބިމެއް ކަމެއް ހައްޖު ކޯޕަރޭޝަނަކުން ނުބުނެ އެވެ.

ނަމަވެސް މިއީ މިދިޔަ ދޮޅު އަހަރު ތެރޭ ހައްޖު ކޯޕަރޭޝަނުން ގަތް ތިންވަނަ ބިމެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައިވެސް ހައްޖު ކޯޕަރޭޝަނުން ވަނީ ހުޅުމާލެއިން ދެ ބިން ގަނެފަ އެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު އޭރު ވިދާޅުވީ, އެ ދެ ބިމަކީ އޮފީސް އިމާރާތަކާއި ރެޒިޑެންޝަލް އިމާރާތެއް ހަދަން ގަތް ދެ ބިން ކަމަށެވެ. އަދި އެ ދެ ބިން ގަތީ ހައްޖުވެރިންނާއި އުމްރާވެރިން އެ ކޯޕަރޭޝަނަށް ދައްކާ ފައިސާ އިން ކަމަށްވެސް ޝަކީލު ވިދާޅުވެފައިވެ އެވެ.

ނަމަވެސް އެ ދެ ބިމުގެ އަގާއި ބޮޑުމިން އަދި ލޮކޭޝަނާ ގުޅޭ މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު