ގެއްލުނު ކުއްޖާ ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް، ހާލު ރަނގަޅު

އ
30 ނޮވެމްބަރު 2025 23:521 މިނިޓުގެ ކިޔުން
Aa

ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ 14 އަހަރުގެ އަންހެން ކުއްޖާ، ދެ ދުވަސްފަހުން އަމިއްލައަށް ގެއަށް ގޮސްފިއެވެ.

ހުޅުމާލެ ފޭސް 2 އިން ގެއްލިގެން ހޯދަމުންދިޔައީ ރ. ދުވާފަރު، ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހުގެ 05:55 ހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި އެ ކުއްޖާ ގެއްލިފައިވާ ކަމަށް އާއިލާގެ ފަރާތުން ހަމަ އެ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާ ގުޅުންހުރި ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިރޭ ބުނީ އެ ކުއްޖާ މިރޭގެ ވަގުތެއްގައި އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ.

ނަމަވެސް އެ ކުއްޖާ ގެއްލުނު މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު