ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ހަދަން އާރަށަށްވުރެ ބޮޑު ބިމެއް!

މ
19 ނޮވެމްބަރު 2025 22:431 މިނިޓުގެ ކިޔުން
Aa

ހއ. ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ތަރައްގީކޮށް، ހިންގައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެ ހޮޓަލް ހަދަން ދޫކުރަން ނިންމާފައިވަނީ 71،832 މީޓަރު ނުވަތަ ހަތް ހެކްޓަރެވެ. އެއީ 5.80 ހެކްޓަރުގެ އާރަށަށްވުރެ ބޮޑު އަދި މާލެ ކައިރީގައި ތެޔޮ ފުނަދޫއަށްވުރެ ދެގުނަ ބޮޑު ބިމެކެވެ.

ބާރަށަކީ 256 ހެކްޓަރު ބޮޑު ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ.

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ހަދައި އެތަން ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 23 ވަނަ ދުވަހުގެ 10:00 ގައި ބާއްވާ އޮންލައިން ބައްދަލުވުމެއްގައި ބައިވެރިވާންޖެހެ އެވެ. ބީލަން ހުށަހަޅަންޖެހެނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ބާރަށުގައި ޓޫރިސްޓު ހޮޓަލެއް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު