ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް

އ
26 ނޮވެމްބަރު 2025 16:161 މިނިޓުގެ ކިޔުން
Aa

ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދިވެހިން ދަތުރުކުރާ އެއް ސަބަބަކީ ދީލަތުވުމުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ އަދިވެސް ވަރަށް ގިނަ ދިވެހިން ރައްޔިތުން ބޭސް ފާރުވާއަށް ރާއްޖޭން ބޭރަށް ދާންޖެހޭ ހާލަތްތައް ހުންނަ ކަމަށެވެ.

ކެންސަރު ބަލި ފަދަ ބޮޑެތި ބަލިތަކުން ދުރުވެ ތިބުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި ރާއްޖޭން ބޭރަށް ދާމީހުން މަދުކޮށް، ރައްޔިތުންނަށް ލުއިކަން ހޯދައިދެވޭނީ އެ މަސައްކަތް ރަނގަޅުގޮތުގައި ކުރެވިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ މީހުން ބޭރަށް ދިއުމަކީ މުޅި ނިޒާމުގެ ވެސް ހުރި ކަންބޮޑުވުމެއް ކަމަށާއި މީހުން ބޭރަށް ދާ ސަބަބުތަކަކީ ދީލަތިވުމާއި ބަލިތައް ގިނަވުމާއި ބައެއް ބަލިތަކުގެ ފަރުވާ ލިބެން ނެތުން ކަމަށެވެ.

ހުރިހާ ކަމަކަށް އެންމެން މަސައްކަތްކުރުމުން ހައްލުކުރެވޭނެ ކަމަށްވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު