ކުޑަ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް, ތުހުމަތު އެމްއެންޑީއެފް މީހަކަށް

އ
19 ނޮވެމްބަރު 2025 14:521 މިނިޓުގެ ކިޔުން
Aa

ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.

ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކުރި ކަމެއް، އެ ކުދިންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި އެ ކުދިންގެ އުމުރެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ތުހުމަތުކުރަނީ އެމްއެންޑީއެފްގެ މީހަކަށެވެ. އެ ކުދިންނަކީ އޭނާ ލޯބިވެރިޔާގެ ދެ ދަރިންނަށް ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކައި ގްރޫމްކޮށްގެން ޖިންސީ ގޯނާކުރި މައްސަލައެއްކަން އެނގިފައިވެއެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު