ހިޔާ އާއި ވިނަރެސްއަށް ދޫކުރި ލޯނުތަކުގެ އިންޓަރެސް ރޭޓު ކުޑަކޮށްދިނުމަށް ރައީސް އެދިވަޑައިގެންފި

އ
16 ނޮވެމްބަރު 2025 14:541 މިނިޓުގެ ކިޔުން
Aa

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިޔާ ފުލެޓް ނިންމުމަށާއި ވިނަރެސް ފުލެޓު ގަތުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓު ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.

ބީއެމްއެލުން ވަނީ ހިޔާ ފުލެޓު ނިންމުމަށް 533 ލޯނެއް އަދި ވިނަރެސް ފުލެޓު ގަތުމަށް 26 ލޯނެއް ދޫކޮށްފައެވެ.

އެކްސްގައި ރައީސް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ލޯނުތަކަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތަކަށްވާތީ އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބީއެމްއެލްއާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން ހިޔާ ފުލެޓުތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓް 12 ޕަސަންޓުން 10 ޕަސަންޓަށް ކުޑަކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހަދައިނުމަށާއި، އަދި ވިނަރެސް ފުލެޓު ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓަރެސްޓް ރޭޓު ނުވަ ޕަސަންޓުން އަށް ޕަސަންޓަށް ކުޑަކުރުމަށް ދަންނަވާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޯނުތައް ކުޑަ އިންޓްރެސްޓް ރޭޓަށް ބަދަލުކުރެވިދާނެ ކަމަށް ބީއެމްއެލުން މައުލޫމާތު ދީފައިވާ ކަމަށާއި އެހެންވެ އެކަން އެގޮތަށް ކޮށްދިނުމަށް ބީއެމްއެލްގައި އެދިފައިވާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު