ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ

މ
4 ނޮވެމްބަރު 2025 20:10އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލޭގެ އިމާރާތެއްގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، މާފަންނުގައި ހުންނަ ގެއެއްގެ ހަވަނަ ބުރިން އެގޭ ސިޑިގޮޅިއަށް މީހަކު ވެއްޓިގެން ރިޕޯޓް ކުރީ މިއަދު އިރުއޮއްސި 6:29 އެހާކަންހާއިރު ކަމަށެވެ.

ނަމަވެސް އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮތަން، 47އ. އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު އޭނާ ސިޑިގޮޅިން ވެއްޓުނީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު