ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ އާންމުކޮށްފި

މ
28 އޮކްޓޫބަރު 2025 13:26އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފުންގެ އަތުން ފައިސާ ސޫޓް ކޭސް ފޭރިގެން މައްސަލައިގައި ހައްޔަރުކުރި މީހުންގެ ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ:

  • ލ. މާވަށް/ ރޭޝަމް، މާޒިން މޫސާ (25އ)

  • މ. ކޯރަސް/ އަހުމަދު ރައިހާން ނައީމް (20އ)

  • ކ. ގުރައިދޫ/ އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)

  • ކ. ގުރައިދޫ/ އަޅިވިލާގެ، ހުސައިން ޝަހުދު (30އ)

ފުލުހުން ބުނީ މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދިޔަ މިންވަރަކުން މީޑިއާއަށް ހާމަކުރެއްވުން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށްވެސް ބުންޏެވެ.

ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އެ މީހުންގެ އަތުގައި އޮތް ސޫޓް ކޭސް ފޭރިގަތީ އިއްޔެ ފަތިހު 4:45 ހާއިރު ކުރީގެ ޓާމިނަލްގެ ތެރެއިން އާ ޓާމިނަލަށް ދާން ހަދާފައިވާ ވޯކްވޭ ތެރެއިންނެވެ. ފުލުހުން ބުނި ގޮތުގައި އެކަން ކުރީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ.

އެނގިފައިވާ ގޮތުގައި ފައިސާ ސޫޓް ކޭސްގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އާ ޓާމިނަލްގެ ކައުންޓަރުން މިއަދު ދޫކުރަން ޖެހޭ ޑޮލަރެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު