ސްޓެލްކޯ އިން ދިއްފުށީގައި ހެދި އިންޖީނުގެ ހުޅުވައިފި

ރ
28 އޮކްޓޫބަރު 2025 12:40އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ކ. ދިއްފުށި ސްޓެލްކޯ އައު އިންޖީނުގެ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކ. ދިއްފުށީގައި ހެދި އާ އިންޖީނުގެ މިއަދު ހުޅުވައިފި އެވެ.

އެ ތަން ހުޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ދިއްުފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ސްޓެލްކޯ އިން ދިއްފުށީގައި އާ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ފެށީ 26 ޖޫން 2024ގައެވެ. އެ މަސައްކަތް އެއްކޮން ނިންމާލާފައި ވަނީ 30 އޭޕްރިލް 2025ގައެވެ. މި އިންޖީނުގެ ހެދުމަށް ޖުމުލަ 12.5 މިލިއަން ދިވެހި ހަރަދުކޮށްފައިވެ އެވެ.

ދިއްފުށީގެ އާ އިންޖީނުގެއަށް ވަނީ 7 މެގަވޮޓް (7،000 ކިލޯވޮޓް) ގެ އިންޖީނެއް ގެންގޮސްފަ އެވެ. މިއާއެކު ކުރިން އެ ރަށުގައި ހުރި 2.2 މެގަވޮޓް (2،200 ކިލޯވޮޓް) ގެ އިންޖީނަށް ވުރެ ފުރިހަމަކޮށް ރައްޔިތުންނަށް ކަރަންޓުގެ ހިދުމަށް ދެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

މީގެ އިތުރުން އާ އިންޖީނުގޭގައި އިންޖީން ރޫމަކާއި ކޮންޓްރޯލް ރޫމްގެ އިތުރުން އޮފީސް ބަޔަކާއި އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު