އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ, ކޮންޓްރޯލް ނުވެ މިހާތަނަށް އަށް ކުދިން މަރުވެއްޖެ

މ
28 އޮކްޓޫބަރު 2025 09:51އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އިޒްރޭލުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެން ފަށާފައިވާ ކަމަށް ހިބްރޫ މީޑިއާ އިން ބުނެފި އެވެ.

އެ ބަލި ކޮންޓްރޯލް ކުރަން އިޒްރޭލުން ނުކުޅެދިފައިވާއިރު އެ ބަލި މިހާތަނަށް ވަނީ އިޒްރޭލުގެ ނުވަ ސަރަހައްދަކަށް ފެތުރިފަ އެވެ. އެ ބަލީގައި މިހާތަނަށް ވަނީ އަށް ކުދިން މަރުވެފަ އެވެ.

އެގޮތުން މިދިޔަ އާދީއްތަ ދުވަހު ވަނީ ދެ އަހަރު ދުވަހުގެ ކުއްޖަކު މަރުވެފަ އެވެ.

އިޒްރޭލުގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުން މިހާތަނަށް މަރުވި އަށް ކުދިންނަކީވެސް އުމުރުން ދެ އަހަރަށްވުރެ ކުޑަކުދިންނެވެ. އަދި އެ ކުދިންނަކީ ހިމަބިއްސާ ދެކޮޅަށް ވެކްސިން ނުޖަހާ ކުދިން ކަމަށްވެސް ބުންޏެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގައި ހިމަބިހި ފެތުރެން ފެށީ މިދިޔަ އޭޕްރިލް މަހުން ފެށިގެންނެވެ. އަދި މިހާތަނަށް 1,700 އަށްވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިފައިވާ ކަމަށް ރަސްމީ އިދާރާތަކުގެ ތަފާސްހިސާބުތައް ދައްކާއިރު, އެ އަދަދު 5,000 އަށްވުރެ އިތުރުވާނެ ކަމަށް އެހެން ތަފާސްހިސާބުތައް ދައްކަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު