އިންޒާރުދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި

އ
27 އޮކްޓޫބަރު 2025 23:411 މިނިޓުގެ ކިޔުން
Aa

ހުޅުމާލެ 2ގެ ހިޔާ ޓަވަރު ސަރަހައްދު

ހުޅުމާލޭގައި އިންޒާރުދީ، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލޭ ފޭސް ދޭއް، ހިޔާ ޓަވަރު 9 ގައި މިރޭ ދެ ބައެއްގެ މެދުގައި އެކަކު އަނެކަކަށް އިންޒާރުދީ ހަމަނުޖެހުން އުފައްދާފައިވާތީ ތިން ކުއްޖަކު މައުލޫމާތު ސާފުކުރުމަށް ހުއްޓުވައި، އިތުރު 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހަމަނުޖެހުމުގައި ތޫނު އެއްޗެއް ބޭނުންކޮށްފައި ނުވާ ކަމަށާއި އަދި މާރާމާރީއެއް ވެސް ހިންގާފައި ނުވާ ކަމަށެވެ. ނަމަވެސް ހަމަނުޖެހުން ހިންގި ސަރަހައްދުން ތޫނު އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު