އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ

މ
21 އޮކްޓޫބަރު 2025 08:461 މިނިޓުގެ ކިޔުން
Aa

ލ. ކައްދޫ އެއާޕޯޓް, އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފޮނަދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ކައްދޫ އެއާޕޯޓް ތަރައްގީ ކުރާނީ 2,800 މީޓަރުގެ ދިގު ރަންވޭއަކާއެކު ކަމަށާއި އެ މަސައްކަތް ކުރާނީ ކައްދޫ ސިފައިންގެ މަރުކަޒު, އެހެން ތަނަކަށް ބަދަލުކުރަން ނުޖެހޭ ގޮތަކަށް ކަމަށެވެ.

އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫއުގެ ތެރެއިން ފޮނަދުއަށް ބޭނުންވާ ބިން އިތުރު ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އެގޮތުން އެއާޕޯޓް މަޝްރޫއުއަށް 114 ހެކްޓަރުގެ ބިން އަދި ފޮނަދޫގެ ބޭނުމަށް 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ ބިން މަޝްރޫއުގެ ދަށުން ހިއްކަން ވަނީ ނިންމައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު