ސްޓެލްކޯގެ 500،000 ގަސް އިންދުމުގެ ޕްރޮގްރާމް: 74،000 އަށްވުރެ ގިނަ ގަސް އިންދައިފި

ރ
23 އޮކްޓޫބަރު 2025 14:20އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި 500،000 ގަސް އިންދުމަށް ސްޓެލްކޯ އިން ފެށި ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 74،000 އަށްވުރެ ގިނަ ގަސް އިންދާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ ’ފަސް އަހަރުން ފަސް މިލިއަން ގަސް‘ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް ސްޓެލްކޯ އިން ފެށީ މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހު އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ، އެ ޕްރޮގްރާމްގެ ތެރެއިން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގައި ޖުމުލަ 74،282 ގަސް އިންދާފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ކުރިން ބުނެފައިވާ ގޮތުން އެ ކުންފުނީގެ އަމާޒަކީ މަހަކު ގާތްގަނޑަކަށް 9،200 ގަސް އިންދުމެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު