2 ނޮވެންބަރަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

މ
23 އޮކްޓޫބަރު 2025 11:26އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އަންނަ ނޮވެންބަރު މަހުގެ ދެވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް، މި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވީ، ނަސްރުގެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށްވުމުން، ނަސްރުގެ ދުވަހުގެ ކުރިއަށް އޮތް ދުވަސްކަމުގައިވާ، ނޮވެމްބަރު ދެވަނަ ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ ކަމަށެވެ

އެ ދުވަސް ބަންދުކުރީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް، މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިގޮތަށް ނިންމުމުން ސަރުކާރު މުވައްޒަފުންނަށް ހަފުތާ ބަންދާއެކު ބަންދުގެ ގޮތުގައި ހަތަރު ދުވަސް ލިބޭނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު