އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ހަތަރު ބްރޭންޑެއް ތައާރަފުކޮށްފި

ރ
22 އޮކްޓޫބަރު 2025 15:31އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް ހަތަރު ބްރޭންޑެއް ތައާރަފުކޮށްފި އެވެ.

އެ ބްރޭންޑްތައް ލޯންޗުކޮށްފައިވަނީ ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިންނެވެ. އެ އެގްޒިބިޝަންގައި އެސްޓީއޯގެ ހާއްސަ ސްޓޯލެއް ވަނީ ހަދައިފަ އެވެ. އެ ސްޓޯލްގައި އެސްޓީއޯ އިން ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފު ކުރި ބެރޭންޑްތައް ދައްކާލައި، އެ ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކާ ގުޅޭ ގޮތުން ދަނީ މައުލޫމާތު ދެމުންނެވެ.

މީގެ އިތުރުން ސްޓޯލަށް ޒިޔާރަތްކުރާ މީހުންނަށް، މާލޭގެ މަޝްހޫރު އަދި ހާއްސަކޮށް ޒުވާނުންގެ މެދުގައި މަގުބޫލު އެއް ކެފޭ ކަމަށްވާ ’ކޮފީ ސްޓޭޓް‘ އާ ގުޅިގެން ދަނީ އެ ކުންފުނިން ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފުކުރި ޗިއޯސް ގާޑަންގެ އެކި ރަހަތައް ހިމަނައިގެން ތައްޔާރުކުރާ ބުއިންތައް ރަހަބަލާލުމުގެ ފުރުސަތު ވެސް ދެމުންނެވެ.

އެސްޓީއޯ އިން ބުނާ ގޮތުގައި، ސްޓޯލަށް ޒިޔާރަތް ކުރާ މީހުންނަށް ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. މިއަދަކީ މި އެކްޒިބިޝަންގެ އެންމެ ފަހު ދުވަހެވެ. އެގްޒިބިޝަން ހުޅުމާލެ ސިންތެޓިކް ޓްރެކުގައި އިރުއޮއްސި 7 އާ ހަމައަށް ކުރިއަށްދާނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު