ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކުރަނީ

އ
22 އޮކްޓޫބަރު 2025 15:261 މިނިޓުގެ ކިޔުން
Aa

އޭސީސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ތަހުގީގުކުރަން ބޭނުންވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް އަންގައިފިއެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު ކޮމިޓީގައި ވިދާޅުވީ އޭސީސީން ފޮނުވި ސިޓީގައި ވަނީ، ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓުގެ ބައެއް ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ތަހުގީގުކުރަން ބޭނުންވާ ކަމަށެވެ.

ނަމަވެސް އެ ސިޓީގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ނަމެއް އަދި ކޯޓުގައި ތާވަލުކޮށްފައިވާ އެ މައްސަލައަކީ ކޮން މައްސަލައެއް ކަމެއް ވެސް އަޝްރަފް ވިދާޅެއް ނުވެއެވެ.

އެ ސިޓީއާ ގުޅިގެން އަޝްރަފު ހުށަހެޅުއްވީ ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން އެކަމުގައި އެޓާނީ ޖެނެރަލް (އޭޖީ)ގެ ގާނޫނީ ލަފައެއް ހޯދުމަށެވެ. އެ ހުށަހެޅުއްވުމަށް ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު ވަނީ ތާއީދުކުރައްވައިފައެވެ.

އެ ހުށަހެޅުމާއެކު ކޮމިޓީން ފާސްކޮށްފައިވަނީ އޭޖީން އަރުވާ ލަފައެއްގެ މަތިން ކޮމިޓީން އެ މައްސަލަ ކުރިއަށްގެންދިއުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު