ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ

މ
19 އޮކްޓޫބަރު 2025 09:52އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މާލެއިން ފުރައިގެން އެރިޔަދޫ ރިސޯޓަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ކޮޅުވެއްޓިން ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ފެނިއްޖެ އެވެ.

”އަލްމާކް-ފިޔަ“ ނަމަކަށް ކިޔާ 100 ފޫޓުގެ ކޮޅުވެއްޓި ބަންޑުން ޖަހާލީ މިދިޔަ ބުރާސްފަތި ދުވަހުގެ ދަންވަރު 3:08 އެހާކަންހާއިރެވެ. ބަންޑުން ޖަހާލި އިރު އޭގައި ހަތް މީހުން ތިބި އިރު، އޭގެ ތެރެއިން ހަތަރު މީހަކު ސަލާމަތްވި އެވެ.

ހާދިސާގައި ގެއްލުނީ ދިވެއްސަކާއި އިންޑިއާ ރައްޔިތެއްގެ އިތުރުން ލަންކާ ރައްޔިތެކެވެ. އޭގެ ތެރެއިން ދިވެހި މީހާ، ގއ. ދާންދޫ/ ސަރުސޫނުގެ، އަހުމަދު ޝިފާން އާއި އިންޑިއާ މީހާގެ ހަށިގަނޑު ވަނީ ކަނޑު އަޑިން ހޯދައިފަ އެވެ.

އެމްއެންޑީއެފުން ބުނީ، ކޮޅުވެއްޓިން ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު މާލެ އަތޮޅު އާއިލާފުއްޓާއި ވިލާ ނޯޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ފެނިފައިވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު