މައްޗަންގޮޅިގެ ސަރަހައްދަކުން މާދަމާ ކަރަންޓް ކެނޑިދާނެ

މ
26 ސެޕްޓެމްބަރު 2025 23:03އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ސްޓެލްކޯ STELCO

ސްޓެލްކޯގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރާތީ މާލޭގެ މައްޗަންގޮޅީގެ ސަރަހައްދަކުން މާދަމާ ކަރަންޓް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް އަންގައި ސްޓެލްކޯ އިން ނޯޓިސް ނެރެފައިވަނީ މައްޗަންގޮޅީ ކުދީނާ ގޯޅި އަދި ދިލްބަހާރު މަގު ހިމެނޭ ސަރަހައްދަށެވެ.

ސްޓެލްކޯގެ ނޯޓިސްގައި ބުނެފައިވާ ގޮތުން ކަރަންޓު މެދުކެނޑިދާނެ ކަމަށް ބެލެވެނީ މާދަމާ ހެނދުނު 10 އާއި 12 އާ ދެމެދުގެ ވަގުތެއްގައެވެ. އެހެންކަމުން އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު