މޫސަ މަރާލި މައްސަލަ: މުހައްމަދު އިބްރާހީމްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

މ
25 ސެޕްޓެމްބަރު 2025 13:13އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ލ. މާވަށް/ ނަލަހިޔާ، މޫސާ އިބްރާހީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހދ. ނޮޅިވަރަންފަރު/ އަސަރީމަންޒިލް، މުހައްމަދު އިބްރާހިމްގެ މައްޗަށް ދައުވާކުރަން އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގައި ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި މި މައްސަލަ އެ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު މާވަށު ވޮލީ ކޯޓް ސަރަހައްދުން މޫސައަށް ހަމަލާ ދިނީ އޭނާއާއި މުހައްމަދު އިބްރާހިމްއާ ދެމެދު ހިނގި މާރާމާރީއެއްގައެވެ. އެ މާރާމާރީގައި މޫސަގެ ފަހަތުން ސީދާ ކަރަށް ހަމަލާދިން އިރު، މޫސާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

މި މައްސަލައާ ގުޅިގެން މުހައްމަދު އިބްރާހިމް ހައްޔަރުކުރީ ހަމަ އެ ދުވަހު އެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު