ގަވާއިދާ ހިލާފަށް ދުންފަތާއި ސިނގިރޭޓް ވިއްކަމުންދިޔަ ބިދޭސީންތަކެއް ހައްޔަރަށް

ރ
24 ސެޕްޓެމްބަރު 2025 22:551 މިނިޓުގެ ކިޔުން
Aa

ގަވާއިދާ ހިލާފަށް ދުންފަތާއި ސިނގިރޭޓްގެ ވިޔަފާރި ކުރަމުން އަންނަ ކަމަށް ތުހުމަތުކުރެވޭ ދެ ބިދޭސީން ހުޅުމާލެ އިން ހައްޔަރުކޮށްފި އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށާއި ބިދޭސީންގެ މެދުގައި ހިންގާ ޖިނާއީ ކުށްތައް ހުއްޓުވުމަށް ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ފަށާފައިވާ ގައުމީ އޮޕަރޭޝަންގެ ތެރެއިންނެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިޔަ ތަނެއް ބަލައިފާސްކުރުމުގެ ތެރެއިން، ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ޕެކެޓު ފެނިފައިވާ ކަމަށެވެ. މީގެ އިތުރުން ސިނގިރެޓާއި ދުންފަތް ވިއްކައިގެން ހޯދާފައިވާ ކަަމަށް ބެލެވޭ ގިނަ އަދަދެއްގެ ދިވެހި ރުފިޔާއާއި ޑޮލަރު ވެސް ފެނިފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އެމްޑީ ޝަމިމް މިއާ (37އ) އަދި އަލައުއްދީން (22އ) އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު